test
- Advertisement -ad image

ނަން ހުށަހެޅި އެންމެނަށް ވާދަކުރެވޭގޮތަށް ޕީއެންސީގެ ޕްރައިމަރީ ބާއްވަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ވާދަ ކުރަން ނަން ހުށަހެޅި އެންމެންނަށްވެސް ވާދަކުރެވޭގޮތަށް ޕްރައިމަރީ ބާއްވަން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ދާދި ދެންމެއަކު ރައީސްގެ ޚާއްޞަ އެޑްވައިޒަރު އަދި ޗެއާމަން އަބްދުއްރަހީމް އަބްދުﷲ “އެކްސް”ގައި ކުރެއްވި ޓްވީޓެއްގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެގޮތަށް ނިންމެވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމީ ޕީޕީއެމް/ޕީއެންސީ ދެ ޕާޓީ އަށް އެކަށީގެންވާ ވަރަށް ހިދުމަތް ނުކުރާތީ އާއި، ރިޔާސީ އިންތިޚާބަށްފަހު އެ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތުގައި ބައިވެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ