- Advertisement -ad image

ހަ ސިޔާސީ ޕާޓީއަކަށް ޖުމްލަ 44 މިލިޔަން ރުފިޔާ ދޫކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 6 ސިޔާސީ ޕާޓީއަކަށް 44 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ، އަދާލަތު ޕާޓީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ކޮންގްރެސް ޕާޓީއަށެވެ. ،

އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 44،099،905ރ. ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއް ޕާޓީއަކަށް އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މިހާރު މެމްބަރުން އެންމެ ގިނަ އެމްޑީޕީ އެވެ. އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ލިބެ އެވެ. އެ ޕާޓީގައި 52،142 މެމްބަރުން އެބަ ތިއްބެވެ.

އަދި މިއަހަރު އަލަށް ފައިސާ ލިބޭ ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:

އެ ފައިސާ ދޫކުރަން ފަށާނެ ދުވަހެއް އަދި އީސީން ނުބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ