- Advertisement -ad image

ކުރިން ބުނި އެތި ކެންސަލްކޮށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން އެއް އޮޑިއަކަށް؟

ad image

ގުޅުންހުރި ލިޔުންތައް

އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުގެ ފޯރި ހިފާލާފައި އޮތްއިރު، މިއަދު ސޯޝަލް މީޑިޔާގައި ހޫނުކޮށް ދައުރުވަމުން ދަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން އެއް މޭޒެއް ދޮށުގައި ސައިބޯން ތިބި ފޮޓޯއެކެވެ.

މޭޒުގެ ކޮޅުގައި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިންނެވިއިރު އެއް އަރިމަތިން ޑިމޮކްރެޓްސްގެ އަމްރުގެ އިތުރުން އެމްޑީޕީގެ ޗެއާ ޕާރސަން ފައްޔާޒު އިސްމާއިލް އިންނެވި އެވެ.

މީގެއިތުރުންވެސް ދެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ މޭޒު ދޮށުގައި ތިއްބެވި އެވެ.

މި ފޮޓޯ ޝެޢާ ކުރަމުން އެއް ބަޔަކު ވަނީ މިއީ މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމަށް ދެ ޕާޓީން އެކުގައި ކުރި މަޝްވަރާއެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލީހުގެ ގޮނޑި ހޯދުމަށް އުޅޭގޮތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

އަންނަ މަހު ތިނެއްގައި އެމްޑީޕީ ޕްރައިމަރީ ބާއްވާއިރު މި ބައްދަލުވާއި ގުޅޭގޮތުން އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. އެންޑީޕީ އަކީ ޔަހޫދީންގެ ޕާޓީ އެޕާޓީގައި އެއްވެސް އިހުލާސްތެރިކަމެށް ނުހުއްނާނެ ދޮގާއި މަކަރު ކަރަޕުޝަނާއި ހިޔާނާތް އެންޑީޕީ އަށް ވެރިކަން ލިބިގައްނަނީ ވެސްމަކަރާއި ހީލަތުން ވިރިކަމަށް އައްނަ ކޮއްމެފަހަރަކު މުޅިގައުމު ލޫޓުވާ ލަނީ ގައުމުވިއްކާބަހާ އިދަޖައްސާލަނީ ކޮއްމެރައިޔަތަކަށް ވެސް2008 އަކުން2012 އަށްނަޒަރު ހިންގާލާ 2018 އިން 2023 އަށް ބަލާލުމުން ވިސްނާލުމުން އެގޭނެ އެންޑީޕީގަ އާޚިރަށްދުވަހަކީ އައްނާނެދުވަހެށް ކަމަށް ދެކެނީ ހާހަކުން އެކަކު

  2. އާއްމުކޮށް މުސްކުޅި ބަހުގައި ބުނެއުޅޭބަހެއް އޮވޭ ލަނޑަޔާ ވަނީ ލަނޑަޔާ ކަމައް އަދި ވަގުންނާ ވަގުންނާ ކަމައް އެހެންވީ ތިޔައީ ވެސް ހަމަ އެކަހަލަ ކަމެއް ހުރިހާ ޒަމާނެއްގައިވެސް ސިއްކަ އާއިލާ އަދި ކެރަފާ އާއިލާއަކީ ގައުމު ފަނާކޮއްފަ ވެސް އެމީހުން ބޭނުންވާ ކަމެއްގައި ބަޔަކު މަރަންވެސް ޖެހިލުން ވާ ބަޔަކު ނޫންކަން ތިނެއް ނޮވެމްބަރު އައްޑިހަ އަށެއް އެހާދިސާ ހެކިދޭ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ