- Advertisement -ad image

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 19 ފަރާތެއް އާއިލާތަކާއި ހަވާލުކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޚިދުމަތް ދެމުން އަންނަ 19 ފަރާތެއް އަނބުރާ ޢާއިލާތަކާއި ހަވާލުކުރުމަށްވަނީ ތައްޔާރުވެފައި ވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފި އެވެ.

މިނިސްޓްރީން މީގެކުރިންވެސް ވަނީ އެކަނިވެރި ދިރިއުޅުމުގައި ތިބި މީހުން އާއިލާތަކާ ހަވާލު ކުރުމަށް މިހާރު ވެސް ހޭލުން ތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ބުނެފަ އެވެ. އަދި، މިނިސްޓްރީގެ ފަރާތުން ގެދޮރާއި އެހެނިހެން މުދާހުރި ބަލި މީހުންގެ މި ފަދަ ތަކެތި ރައްކާތެރިކުރާނެ ކަމަށް ވެސް ވަނީ ބުނެފައި ވެއެވެ.

އަދި މ މަހުގެ ކުރީކޮޅު މިނިސްޓްރީން ވަނީ ހަ މީހަކު އާއިލާތަކާއި ހަވާލުކޮށްފަ އެވެ.

މިފަހަރު 19 މީހަކު އާއިލާތަކާއި ހަވާލުކުރަން ނިންމާފައިވާއިރު، މިނިސްޓްރީން ވަނީ ސެންސިޓައިޒްކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ އިތުރު މަސައްކަތްތަކާއި، އާއިލާތަކަށް ތަމްރީން ޕްރޮގްރާމްތަކެއް ރާވާ ހިންގާނެކަމަށް ބުނެފަ އެވެ. 

އަދި އާއިލާތަކުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަނެ، ނަފްސާނީ ބަލިމަޑުކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްވެސް ރާވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ވަނީ މި މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮންމެ މީހަކަށްވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ކަށަވަރުކޮށްދިނުންކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ