- Advertisement -ad image

ރޯދަމަހު 8 އިން 5 އަށް ވޯޓުލުމާއިމެދު މަޝްވަރާ ކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

މާޗް 17ގަ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އާ ދޭތެރެ ކަމާމެދު ގޮތެެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން ދާދިފަހުން ވޯޓްލާ ދުވަސް އިއުލާން ކޮށްފައިވާއިރު މި ދުވަސް ދިމާވަނީ ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ހަފްތާއަށެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިގޮތަށް ގަޑި ހަމަޖެއްސަން މަޝްވަރާ ކުރަނީ ވޯޓްލާ މީހުންނަށް ވެސް ވީހާ ވެސް ބޮޑަށް ފަސޭހަކުރަން ބޭނުންވާތީ ކަމަށެވެ.

އަދި ކުރީގެ އިންތިހާބުތަކާ ހިލާފަށް މި އިންތިހާބުގައި ވޯޓް ގުނަން ފަށާނީ ވޯޓްފޮށިތައް ބަންދުކުރާތާ އެއް ގަޑިއިރު ފަހުން ކަމަށް ހަބީބްވަނީ ވިދާޅުވެފަ އެވެ. އަދި އެއްގަޑިއިރު ފަހުން ވޯޓްފޮށިތައް ގުނަން ނިންމީ އޮފިޝަލުންނަށް ވެސް ރޯދަ ވީއްލުމުގެ ކަންކަން ފަސޭހަ ކުރަން ކަމަށް ހަބީބް ވިދާޅުވި އެވެ.

ހަބިބު ވިދާޅުވީ، ރޯދަ މަހުގައި މަޖިލިސް އިންތިހާބު ބާއްވަން ނިިންމި ނިންމުމަކީ އިންތިހާބަކާ ގުޅިގެން އިސީން މިހާތަނަށް ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ހަމަޖައްސައިފިނަމަ އޯލެވެލް އިމްތިހާނު އޮންނަ ދުވަސްކޮޅާއި ދިމާވެ، ސްކޫލްތައް ނުލިބޭނެތީވެ، އެގޮތަށް ނިންމަން ޖެހުނީ ކަމަށެވެ. އަދި ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށާއި، ގާނޫނަށް ބަދަލު ނުގެނެސް ރޯދައިގެން ކުރިން އިންތިހާބު ބޭއްވޭނެ ގޮތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފަ އެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ