- Advertisement -ad image

ޕްރައިމަރީއާ ނުލައި 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ކަށަވަރު ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ކަށަވަރު ވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން މި 13 މެމްބަރުންގެ ޓިކެޓް ކަށަވަރުވެފައިވަނީ ކޯލިޝަންގެ ފަރާތުން މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި އެންމެ މެމްބަރަކު ނަން ހުށަހަޅާފައި ވާތީ އާއި އެކިއެކި ސަބަބުތަކާހުރެ ބައެއް މެމްބަރުންގެ ނަން އަނބުރާ ގެންގޮސްފައިވާތީ ކަމަށެވެ.

އެހެންކަމުން އެ ބަޔާނުގައި ބުނެފައިވާ 13 މެމްބަރަކަށް ޕްރައިމަރީ ބޭއްވުމެއް ނެތި އިންތިހާބުގައި ބައިވެރިވެވޭނެކަމަށް ކޯލިޝަނުން ބުނެފައި ވެއެވެ.

ޕްރައިމަރީ އާއި ނުލައި ޓިކެޓް ކަށަވަރުވި 13 މެމްބަރުންނަކީ 

ހއ. ހޯރަފުށީ ދާއިރާ – އަލީ މޫސާ            
ބާރަށު ދާއިރާ – އިބްރާހިމް ޝުޖާއު
ހަނިމާދޫ ދާއިރާ – އިދްރީސް އަބްދުﷲ
އޭދަފުށީ ދާއިރާ – އަހުމަދު ސަލީމް
މަހިބަދޫ ދާއިރާ – އަހުމަދު ތާރިޤް
ނިލަންދޫ ދާއިރާ – ފާތިމަތު ސައުދާ
ތިމަރަފުށީ ދާއިރާ – އިބްރާހިމް ސަނާހް
ފޮނަދޫ ދާއިރާ – އަބްދުއް ރަހީމް އަބްދުﷲ
ހިތަދޫ މެދު ދާއިރާ – އަހްމަދު އަޒާން މަރްޒޫޤް
ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު
ގަލޮޅު ދެކުނު ދާއިރާ – އިބްރާހިމް މުހައްމަދު
ހެންވޭރު ހުޅަނގު ދާއިރާ – އަލީ އިބްރާހިމް
ހުޅުމާލެ މެދު ދާއިރާ – އަބްދުﷲ ޝަޛީމް

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ