- Advertisement -ad image

މަކަރާއި ހީލަތާއި ގުޅޭ މައްސަލައެއްގައި 3 މީހަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން 3 މީހަކު ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާ އިއުލާނު ކޮށްފި އެވެ.

ފުލުހުން މިއަދު އިއުލާންކޮށްފައިވަނީ ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ)،
ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ) އަދި އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ) ފުލުހަށް ހާޒިރުވުމަށެވެ.

ފުލުހުން ކުރި އިއުލާންގައި ވާގޮތުން މި ތިން މީހުން ފުލުހަށް ހާޒިރުވާން އިއުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

އަދި ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ