- Advertisement -ad image

ރައީސްގެ މެނިފެސްޓޯގައި ހުރި ކަންކަން ކުރުމަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދޭނަން: ޟަމީރު

ad image

ގުޅުންހުރި ލިޔުންތައް

އަޙްމަދު ޟަމީރު، (ރިނދަލި އަޙްމަދު)، ކެނޑިޑޭޓް ނަމްބަރ 1 ކުރިއަށް އޮތް ވިހިވަނަ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާގެ، ޕީ.ޕީ.އެމް ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްދެއްވައިފިނަމަ އަމިއްލަ އެއްވެސް އެދުމެއްނެތި، ސަރުކާރުގެ މުއްސަސާތައް ޒިންމާދާރު ކުރުވައި، މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވައިދޭނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގަ އެވެ. އަދި ހާއްސަކޮށް ރައީސް ޑރ. މުޢިއްޒު ކެމްޕޭނުގެ ތެރޭގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި މެނިފެސްޓޯގައި ހުރި ކަންކަން ކުރުމަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި އެކަންކަން ކުރުމަށް ވަކާލާތު ކުރާނެކަމުގެ ވައުދުވަމުންނެވެ.

މަތީ ސެޓްފިކެޓްތަކެއް ނެތް ނަމަވެސް ޟަމީރުއަކީ ދިރިއުޅުމުގެ މާހައުލުން އެތަކެއް ތަޖުރިބާއެއްކޮށް، ހިލްމާއި ޤާބިލުކަން ހުރި، ރައްޔިތުންގެ ހާލަތާއި ވިންދު ރަނގަޅަށް އެނގޭ ބޭފުޅެކެވެ. އެހެންކަމުން މިފަހަރު މައްޗަންގޮޅި މެދު ދާއިރާއަށް ޟަމީރު ކުރިމަތިލެއްވީ އަމިއްލަ އެއްވެސް އެދުމެއްނެތި، ސަރުކާރުގެ މުއްސަސާތައް ޒިންމާދާރު ކުރުވައި، މަޖިލީހުގައިރައްޔިތުންގެ އަޑު އިއްވައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުންނެވެ.

ޟަމީރުއަކީ މީގެ ކުރިން އެއްވެސް ފަހަރެއްގައި މަކަރާއި ހީލަތާއި މަސްތުވާތަކެތި، އަދި މިނޫނަސް މިފަދަ އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ފަސްބައި ސާފު ކެނޑިޑޭޓެކެވެ. އަދި ދަންނަ ކޮންމެ މީހަކުވެސް އެކަމަށް ހެކިވާނެކަމަށް ޟަމީރު ވަނީ ވިދާޅުވެފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ދެވަނަ ދައުރެއް ދެއްވީތީ އެކަން ޟަމީރު ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. އަދި އެ ފުރުސަތު ރައްޔިތުން ދެއްވީ ޟަމީރު ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި ގުޅޭ، އަޑު އަހާ، ބައްދަލުވާ، އިތުބާރުހުރި ފަރާތަކަށްވީތީއެވެ. 

“މައްޗަންގޮޅި މެދު ދާއިރާގެ ކޮންމެ ރައްޔިތަކީވެސް ގެދޮރުވެރި، ތިމާގެ އަމިއްލަ މަސައްކަތުން ފުދިގެން އުޅެވޭނެ ރައްޔިތަކަށް ހެދުމަށް މަސައްކަތް ކުރާނަމެވެ. ވީމާ މިމަހުގެ 27ވާ ހޮނިހިރު ދުވަހު އޮންނަ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އަޅުގަނޑު އަހްމަދު ޟަމީރު ކެޑިޑޭޓް ނަންބަރު 1 މިފަހަރު އިހްތިޔާރު ކުރެއްވުން އެދެމެވެ.” – ޟަމީރު

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ