test
- Advertisement -ad image

މަކަރާއި ހީލަތުގެ މައްސަލައެއްގެ ދެ މީހަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ފުލުހުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ބަޔަކު ހޯދަން އަންގާ އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢަބްދުލް ޤާދިރު، ށ. ފޭދޫ / ކަސްތޫރިމާގެ، (54އ)

ފާޠިމަތު ނަޝާުޔާ، ސ. ހިތަދޫ / އައިޑަންވޫޑް (22އ)

ފުލުހުން ބުނީ މި ދެމީހުންވެސް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް ކަމަށެވެ.
މި ދެމީހުން ހާޒިރުވާން ޖެހެނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން / ޖަނަވަރީ 31 ވަނަ ދުވަހުގެ 14:00އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ