- Advertisement -ad image

ޕީއެންސީން ވާދަކުރާނީ ވިހި ވަނަ މަޖިލީހުގެ 90 ދާއިރާއަށް: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް ޕީއެންސީން ވާދަކުރާނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 90 ދާއިރާއަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވާދަކުރައްވާ ގޮނޑި ތަކަށް ޕީޕީއެމް އަދި ޕީއެންސީން ކުރިމަތި ނުލުމަށް ނިންމައިފަވާ ކަމަށެވެ.
މި ތިން ޕާޓީގެ ލީޑަރުން ކުރިމަތިލައްވާ ދާއިރާތައް އެ ބޭފުޅުންނަށް ދޫކޮށްލާފައިވާ ކަމަށާއި އެދާއިރާއަށް ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ކުރިމަތި ނުލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެގޮތުން ޕީޕީއެމް އަދި ޕީއެންސީން ކުރި މަތި ނުލުމަށް ނިންމާފައިވަނީ މިވަނީ ދ.މީދޫ ދާއިރާ އާއި އދ.މާމިގިލި ދާއިރާ އަދި އދ.ދަނގެތި ދާއިރާ އަށެވެ.
ވިހި ވަނަ މަޖިލީހަށް ޖުމުލަ 93 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ. އިންތިހާ ބޭއްވުމަށް މިހާރު ނިންމާފައިވާ ތާރީހަކީ މާރޗު މަހު 17 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ