- Advertisement -ad image

ޖެނުއަރީ މަހުގެ މިހާތަނަށް ބޭސްފަރުވާއަށް ދާން 1922 ޓިކެޓް ދީފި: ހީނާ

ad image

ގުޅުންހުރި ލިޔުންތައް


މި ހިނގާ ޖެނުއަރީ މަހުގެ އެކަކުން ފަންސަވީހުގެ ނިޔަލަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް 1922 ޓިކެޓް ދީފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ / އާސަންދައިން ކަމަށެވެ. އަދި އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
‏” މި ޖެނުއަރީ މަހުގެ 1-25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްފައިވޭ” ހީނާ ކުރެއްވި ޕޯސްޓްގައިވެއެވެ.
އިތުރަށް މިކަން ތަފްސީލުކޮށްދެއްވަމުން ހީނާ ވިދާޅުވީ ބޭސްފަރުވާ ކުރަން ދާން ދޫކުރި ޓިކެޓްގެ ތެރެއިން 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓް ކަމަށެވެ.
ހީނާ މިކަން ރައްޔިތުންނަށް ސާފުކޮށްދީފައިވާއިރު ދާދިފަހުން ނެރުނު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ އޮޑިޓް ރިޕޯޓް ވަނީ ސާލިހުގެ ސަރުކާރުން، ކޮންމެހެން އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް އެހީގެ ގޮތުގައި 18.4 މިލިއަން ރުފިޔާ ދީފައިވާކަން ހާމަވެފައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ބޭސްފަރުވާއަށް ސްކޫލްޗުއްޓީއާ ދިމާކޮށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުން އެހާގިނަވަނީ ބައްޔާއި ޗުއްޓީއާއި ގުޅުމެއް އޮންނާތީބާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ