test
- Advertisement -ad image

މިނިސްޓަރ ސައީދު ދެއްވީ މިއަހަރު ޑޮލަރުގެ މައްސަލަ ހަމައަކަށް އަޅުވާނެ ކަމުގެ ޔަގީންކަން!

ad image

ގުޅުންހުރި ލިޔުންތައް


ޑޮލަރު ލިބުމުގައި ދިވެހި ކުދި ވިޔަފާރިތަކަށް ދަތިތަކާ ދިމާވާ ކަމަށާއި، މިއަހަރު ތެރޭގައި “އެކްސްޗޭންޖް ރޭޓު” ހަމައަކަށް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، މިނިސްޓަރ ވަނީ ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ސަޢީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ “ހަފުތާ14” ގައި ވެސް ހިމެނޭ ކަމެއް ކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެސްއެމްއީ ބޭންކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އިތުރުން ބޭރުގެ އެހީއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުތަކެއް ރާވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 50 މިލިއަން ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ލޯނުތަކެއް އަންހެން ވިޔަފާރިވެރިންނަށް ދޭން ގަސްތުކުރައްވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، “ކްރިއޭޓަރ އިކޮނޮމީ” ހަބެއްގެ ބިންގާ ވަރަށް އަވަހަށް އެޅޭނެ ކަމަށާއި، އޭގެ ފައިސާ ހަމަޖެހިފައިވާކަމަށެވެ. މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށާއި އީޖާދީ މަސައްކަތްތެރިންނަށް ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ