- Advertisement -ad image

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ވޯޓުލެވޭ 71،000 އަށްވުރެ ގިނަ މީހުން އެބަތިބި!

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ކުރިއަށްދާ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓާނެކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

 ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ވަނީ މި ޕްރައިމަރީގައި 227 ވޯޓު ފޮށި ބެހެއްޓެފައިވާއިރު، 73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފަ އެވެ.

މި ޕްރައިމަރީގައި މާލޭގައި ބެހެއްޓިފައިވާ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ ހެންވޭރު ދަނޑުގައެވެ.

އަދި، ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓުފޮށިތައް ބަހައްޓާނެ ކަމަށް ކޯލިޝަނުން ބުނެއެވެ.

މިއަދު ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ