- Advertisement -ad image

މާލެ އައީ ޑޮކްޓަރަށް ދައްކަން، ފެނުނީ މަރުވެފައި އޮތްވާ!

ad image

ގުޅުންހުރި ލިޔުންތައް


ގެއްލިގެން ހޯދަމުންދިޔަ މީހަކު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް ފެނުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް އުޅުނު 67 އަހަރު ދިވެހި ފިރިހެއްކަމަށެވެ. އަދި އޭނާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެނާ ހުރި ގެއަށް ގޮސް ފުލުހުން ބެލިބެލުމުންކަމަށެވެ.

ފުލުހުން ބުނީ މި މީހާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:50 ހާއިރުކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ ކުރިކީލަމަގުގައި ހުރި ގެއަކުންނެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds