- Advertisement -ad image

ރަކީދޫ ކައުންސިލުގެ ގޮނޑިވެސް ލިބުނީ ކޮންގްރެސް ޕާޓީއަށް

ad image

ގުޅުންހުރި ލިޔުންތައް


ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އަބްދުއްރައްޒާގް އާދަމް ކާމިޔާބުކުރެއްވީ އެމްޑީޕީގެ އާދަމް ސާމީގެ މައްޗަށް ކުރި ހޯއްދަވައިގެނެވެ.

281 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މި ބައި އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އަބްދުއްރައްޒާގަށް 99 ވޯޓް ލިބިވަޑައިގަތެވެ. އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ސާމީއަށް ލިބިވަޑައިގަތީ 81 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 4 އެވެ. މި އިންތިހާބުގައި 184 މީހަކު ވަނީ ވޯޓްލާފައެވެ. އެއީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 65.4 އިންސައްތައެެވެ.

ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ އިތުރުން މިފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައްވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ ކެނޑިޑޭޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ