- Advertisement -ad image

ކުރީގެ ހޯމް މިނިސްޓަރ އިމްރާން މަޖިލީހަށް ވާދަކުރައްވަނީ!

ad image

ގުޅުންހުރި ލިޔުންތައް

ނިމިގެން ދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުالله 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރަން ނިންމަވައިފި އެވެ.

ޝެއިޙް އިމްރާން މަޖިލީހުގައި ވާދަކުރައްވަން ނިންމަވާފައިވަނީ މަކުނުދޫ ދާއިރާއަށެވެ.

އަދާލަތު ޕާޓީން ވަނީ 19 ވަނަ މަޖިލިހުގެ އިންތިހާބުގައި 9 ދާއިރާއަކަށް ވާދަކޮށްފައެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ އެއްވެސް ގޮނޑިއަކަށް އަދާލަތު ޕާޓީގެ މެންބަރަކު އިންތިހާބެއްނުވިއެވެ.

މި ތަޖުރިބާއަށް ބަލައި ކުރީ ސަރުކާރާއެކު ކޯލިޝަން ހެދި އަދާލާތު ޕާޓީން މިފަހަރުގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރަނީ ޖުމްލަ 4 ދާއިރާ އަކަށެވެ. އެއީ މަކުނުދޫ ދާއިރާއަށް އައްޝައިޚް އިމްރާން ޢަބްދުالله، ވައިކަރަދޫ ދާއިރާއަށް އަލްފާޟިލް ޙުސައިން ޘަޤީފް، ފުނަދޫ ދާއިރާއަށް އަލްފާޟިލް އިސްމާޢީލް ޙަމީދު އަދި އިނގުރައިދޫ ދާއިރާއަށް އަލްފާޟިލް އިސްމާޢީލް ޢަލީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 17 ވަނަ ދުވަހުއެވެ. މިފަހަރު މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ