- Advertisement -ad image

ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސައި، ހަލާކުކޮށްލުމަށް ކުރާ ކަމެއް: ގާސިމް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ތިއްބެވި ވަޒީރުންނަށް ރުހުންނުދިނުމަކީ ގައުމު އިނދަޖައްސައިލުމާއި ގައުމު ހަލާކުކޮށްލުމަށް ކުރައްވާ މަސައްކަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ވަނީ މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން އެޖެންޑާކޮށްފައެވެ. ވަޒީރުންނަށް ރުހުން ދިނުން އޮންނާނީ 1:00 ގައެވެ.

އެ މައްސަލައިގެ ބަހުސްގެ ވަގުތުގައި 13 މެމްބަރުން ތިއްބެވިޑިމޮކްރެޓްސްއިން ވަނީ ބައެއް ވަޒީރުންނަށް ރުހުންނުދޭން ނިންމައިފައެވެ.

ބަހުސްގެ ވަގުތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ބައެއް ވަޒީރުންނަށް ރުހުންނުދޭން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށާއި، ވަޒީރުންނަށް ރުހުންދޭން ނުޖެހޭ ސަބަބެއް މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ފާހަގަކޮށްފައިނުވާ ކަމަށެވެ.

ގާސިމް ވަނީ ކުރީގެ ސަރުކާރުތަކުގައި ރައީސުން ފުރަތަމަ ފޮނުއްވެވި ވަޒީރުންނަށް މަޖިލީހުން ރުހުންދިންކަން ފާހަގަކުރައްވާފަ އެވެ.

ދަރަނި ބޮޑުވެފައިވާއިރު މިގޮތަށް ކުރާ ޖެއްސުންތަކުން ރައްޔިތުންނަށް ކުރިއެރުން ނުލިބޭނެ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. އަދި ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމާއި ގައުމު ހަލާކުކޮށްލުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި، އެއީ އަމިއްލަ އެދުން ކުރިއަށް ނެރުއްވައިގެން ކުރައްވާ މަސައްކަތްކަމަށް ގާސިމްވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ގާސިމަކީ އަމިއްލައެދުމުން ފޯވެފަހުރި އިންސާނެތް މިހާރުތިއުޅެނީ ސަރުކާރު ކޮޅަށް އަރާގެން ބޮނޑިބައްކުރަންވެގެން ތިއީތިއާލާތުންގެ ވައްތަރު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ