- Advertisement -ad image

ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ އިހުތިޖާޖު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ނިންމުމާއި ގުޅިގެން މަޖިލީސް ކައިރީގައި އާންމުން އިހުތިޖާޖް ކުރަން ފަށައިފިއެވެ.

އިދިކޮޅުގެ ޑިމޮކްރެޓްސް އިން މިފަދައިން ނިންމިކަން މިއަދު އިއުލާން ކޮށްފައިވާއިރު، މަޖިލީހުގެ އެމްޑީޕީ މެންބަރުން ވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ފަދަ މޭރުމަކުން މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައެވެ.
މިކަމާ ގުޅިގެން އާންމުން ވަނީ މަޖިލީސް ދޮށަށް އެއްވެ އެފަރާތްތަކުގެ ޝުއޫރުފާޅުކޮށް އިހުތިޖާޖް ކުރަން ފަށާފައެވެ. މި އިހްތިޖާޖްގެ ބައެއް ފަރާތްތަކުން ހިފަހައްޓައިގެން ތިބި ކަރުދާސްތަކުގައި ”ސަރުކާރު ނުހުއްޓުވޭނެ”، ”ތަރައްގީއަށް ހުރަސްނާޅާ”، ”މެންބަރުންގެ ޒިންމާ އަދާކުރޭ” މިފަދަ އިބާރާތްތައް ވަނީ ލިޔެފައެވެ.


މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިސްތިއުފާއަށްވެސް އެއްވުމުގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ