test
- Advertisement -ad image

ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ސްޓެލްކޯއިން އޭސީސީއާއެކު މަޝްވަރާއަށް!

ad image

ގުޅުންހުރި ލިޔުންތައް


ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ސްޓެލްކޯއިން އެންޓިކޮރަޕްޝަން ކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސްޓެލްކޯގައެވެ.
މި ބައްދަލުވުމުގައި އޭސީސީގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުން ކޮރަޕްޝަނާއި ދެކޮޅަށް ހޭލުންތެރި ކުރުވުމަށާއި، ދެފަރާތް ގުޅިގެން ކޮރަޕްޝަނާއި ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު މަޝްވަރާ ކުރުމަށް އޭސީސީގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ސްޓެލްކޯއަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ، އިޚުލާސްތެރި އަދި ނަމޫނާ މުވައްޒަފުންތަކެއް މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ