Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

ބައެއް ވަޒީރުންނަށް ރުހުން ނުދީ ބޭރުކޮށްލަން އުޅެނީ ޒާތީވެގެން: ނާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވޯޓް ނުދީ ބައެއް ވަޒީރުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާކަމެއްކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ވަނީ ނިންމާފައެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ބާއްވަން މަސައްކަތް ކުރި ޖަލްސާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ.

އެމްޑީޕީން ރުހުން ނުދޭނެ ކަން ހާމަކޮށްފައިވަނީ، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، އެޓާރނީ ޖެނެރަލް އަހުމަދު އުޝާމުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ އަލީ ހައިދަރަށެވެ.
މިކަމުގެ ކަންބޮޑުވުން ހާމަކުރައްވާ ނާޒިން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން އަމިއްލައަށް ގޮތް ނިންމާ ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލް މިނިސްޓަރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ކޮމިޓީ މަރުހަލާގައި ޝަރުތު ހަމަވެ ގާބިލު ބޭފުޅުންކަމުގައި ނިންމާފައިވަނިކޮށް، ބައެއް ވަޒީރުންނަށް މަޖްލިސް ތަޅުމުން ވޯޓް ނުދީ އެބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާކަމެއްކަން ޔަގީން ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް މަޖްލީހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ބަލިކަށި ކޮށްލެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ