- Advertisement -ad image

ރުހުން ދިނުމުގެ ޖަލްސާ ފަށާނީ 13:00 ޖަހާއިރު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންދުރު ފަހު ބާއްވަން ތާވަލުކޮށްފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 13:00 ގައެވެ. މިޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހެނދުނު 11:00 ޖެހިއިރުއެވެ. ނަމަވެސް ޖަލްސާ މެންދުރުފަހަށް ފަސްކޮށް މިހާރު ވަނީ އެޖެންޑާވެސް އާއްމުކޮށްފައެވެ. މި ޖަލްސާގެ އެޖެންޑާގައިވެސް ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.

މަޖިލިހުގެ ޖަލްސާ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ފެށީ ހެނދުނު 9:00 ގައެވެ. އެގޮތުން ކޮމިޓީ ރިޕޯޓު ހުށަހަޅައި މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައި މަޖިލިހުގެ ޖަލްސާ މެދުކަނޑާލީ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށެވެ.
ނަމަވެސް ވަޒީރުންނަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، މަޖިލިހުގެ ތަޅުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ ގަޑީގައި ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އޭގެ ފަހުން ރޭ ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ