- Advertisement -ad image

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީ އިން ިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދު، 30 ޖެނުއަރީ 2024 ގެ 9:00 އިން ފެށިގެން 14 ފެބްރުވަރީ 2024ގެ 14:00 އާއި ހަމަޔަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާޗް މަހު 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިޙާބުގައި ވަނީ ހަ ދާއިރާއެއް އިތުރުކޮށްފަ އެވެ. އެހެންކަމުން މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް އީސީގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފަ އެވެ.

ހަބީބް ވިދާޅުވިގޮތުގައި ނަގުދު ފައިސާ ބަލައިނުގަންނާނެ އެވެ. އޭގެ ބަދަލުގައި ފޯމު ހުށަހަޅާއިރު ފައިސާ ބަލައިގަންނަމުން ގެންދާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށް ވިދާޅުވި އެވެ.

ހަމައެހެންމެ އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފަ އެވެ.

“ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީޚު ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން” ހަބީބް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ