- Advertisement -ad image

“ޕެނަޑޯލް” ރާއްޖެ އެތެރެކޮށް ވިއްކުން ވަގުތީގޮތުން މަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އާންމުގޮތެއްގައި ބޭނުންކުރާ ބޭހެއް ކަމަށްވާ “ޕެނަޑޯލް” ބޭހަށް ދިމާވެފައިވާ މައްސަލައެއް އިތުރަށް ދިރާސާކުރަމުން ދާތީ މިބޭސް ވަގުތީގޮތުން ރާއްޖޭއަށް އެތެރެކުރުމާއި، ވިއްކުން އަދި ބޭނުންކުރުން ވަގުތީގޮތުން މޯލްޑވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕެނަޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިކަން ފާހަގަކުރެވުނީ ރާއްޖެ އެތެރެކުރާ ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް “ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން” އެއް ހަދާ އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގާ ބޭހުގެ ކޮލިޓީ އަދި ކުއަންޓިޓީއަށް ޓެސްޓްކުރުމުގެ ތެރެއިން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

އހެންކަމުން މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭހެއް ބޭނުންކުރުމުން ބޭހުން ކުރާ ފައިދާ ނުކުރުމުގެ ފުރުސަތު ބޮޑުކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މައްސަލަ ދިމާވި ސަބަބު އެ އޮތޯރިޓީއިން އިތުރަށް ބަލާ ދިރާސާ ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

އެމްއެފްޑީއޭއިން ބުނިގޮތުގައި އާންމުގޮތެއްގައި ބޭހަށް މިހެން ދިމާވަނީ ބޭސް ރައްކާކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުންނެވެ.

އަދި އެ ފަރާތުން އަންގަންދެން ފާމަސީތަކުންނާއި، އާންމު ފިހާރަތަކުން މި ބޭސް ނުވިއްކުމަށާޢި، ތަހުގީގް ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ

އެމްއެފްޑީއޭއިން ވަނީ މި ވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި ޢާންމު ފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކް ވަކިކޮށް، ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ