- Advertisement -ad image

ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން: ނައިބު ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން ކަމަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި އިއްޔެވަނީ މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށެވެ.

މިކަމާއި ގުޅިގެން ނައިބުރައީސް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށެވެ. 

ހަމައެހެންމެ ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ މެންދުރު ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި ނަމަވެސް، އިއްޔެ ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުއްވާފަ އެވެ.

ތިން ވަޒީރުން އެ ބޭފުޅުން މި ސަރުކާރުގައި ކުރިން ވެސް ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރެއްވުމާ އެކު، އަނެއްކާވެސް މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުވަންޖެހެ އެވެ. އެއީ މަގާމަށް އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ