ފުލުހުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދުމަށް އިއުލާންކޮށްފައި ވަނީ އަހުމަދު ނިޒާމް، ހުޅުމާލެ ފްލެޓް ނަންބަރު C9-4-C (50އ)އެވެ.
ނިޒާމަކީ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެކެވެ. އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ހާމަކުރެއެވެ.