Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ފެނަކައަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން އެއްބަސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް ސްޓެލްކޯއާއި، ފެނަކައާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ފެނަކައިގެ މާލީ ހާލަތަށް ބަލައި، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ވަނީ ހިލޭ ފޯރުކޮށްދެވިދާނެ އެހީތައް ހިލޭ ފޯރުކޮށްދިނުމަށްވެސް ނިންމާފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިފަހުމުނާމާގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަހުމުނާމާގެ ދަށުން ކޮށްދޭ ކަންކަމަކީ ސްޓެލްކޯއިން ހިލޭސާބަހަށް ކޮށްދޭ ކަންތައްތަކެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ. އެގޮތުން މެކޭނިކަލް އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ރޮނގުން، ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނު ދޭނެކަމަށާއި، ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ބައެއް ރަށްތަކަށް ސްޓެލްކޯއިން މުވައްޒަފުން ފޮނުވަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކޮށްދެއްވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ފަންނީ ގޮތުން މުވައްޒަފުންގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. އަދި ފެނަކައިން ދޭ ޚިދުމަތްތައް ކުރިއަށް ގެންދިޔުމަށްވެސް ބޮޑު ބާރަކަށް، މިއެއްބަސްވުން ވެގެންދާނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.

ފެނަކައަށް ކުރިމަތިވެފައި އޮތް މާލީ ގޮންޖެހުންތައް ފާހަގަކޮށް، މުޢާޒް ވިދާޅުވީ މިހާރު ފެނަކަ އޮތް ހާލަތުން އަރައިގަތުމަށް އެކި ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފެނަކައިން ކުރިން ބޭނުންކުރި މެޝިންތައް ސާވިސްކޮށްފައިވަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެންކަމަށާއި، ހަމައެކަނި ސާވިސްކުރުމަށް 117 މިލިޔަން ރުފިޔާ މިދިޔަ އަހަރު ހޭދަކުރަންޖެހުނު ކަމަށް މުޢާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއެއްބަސްވުމުގެ ދަށުން މެޝިނަރީ ސާވިސްކުރުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވަމުން މުޢާޒް ވިދާޅުވީ މިކަމުގެ ސަބަބުން ފެނަކައިގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ