ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިނުމާ ގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ. ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ހެނދުނު މާލޭ މަގުމަތިން ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.