- Advertisement -ad image

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށް އެޗްޑީސީން މިއަދު އެކަން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުއިއްޒު މި މަހުގެ ކުރީކޮޅު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވަނީ ފްލެޓްތަކުގެ ކުލިން %20ގެ ޑިސްކައުންޓެއް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިބިގެން ދާނެ ކަން އިއުލާނު ކުރައްވާފައެވެ.

އަދި އެމަނިކުފާނުގެ ހަފްތާ14ގެ މަގު ޗާޓުގައިވެސް މިކަން ހިމަނާފައި ވެއެވެ.
އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މި ޑިސްކައުންޓް މާދަމާ އިން ފެށިގެން ލިބިގެންދާއިރު، މެއިންޓަނެންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނާ ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުުނިވާގޮތަށް ކުރިއަށް އޮތްތަނުގައި ހިނގައި ކޮންމެ މަހަކަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
“މި ކޯޕަރޭޝަނަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްްކަތްކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަން މި ފުރުސަތުގައި ފާހަގަަކޮށްލަމެވެ،”، އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ