- Advertisement -ad image

ހަތިޔާރާއެކު ސިފައިން މަސް ދޯނިތަކަށް އަރާ ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހަތިޔާރާއެކު ދިވެހި މަސް ދޯނިތަކަށް އެރި ސިފައިން ހަރަކާތްތެރިވަމުންދިޔަ ވީޑިއޯ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފިއެވެ.
އެ ޔޫނިއަނުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާގެ ސިފައިން ކަމަށް ބެލެވެއެވެ.
އެގޮތުން ހަރަކާތްތެރިވި ސިފައިންގެ ޔުނީފޯމުގައި ހަރުކޮށްފައި ހުރި ދެ ނިޝާނެއް ފެންނަންހުރިއިރު އެއީ އިންޑިއާގެ ނޭވީން ބޭނުން ކުރާ ދެ ނިޝާނެވެ.


ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މަސް ދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އަރައިގެން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ. އަދި އެކަން ބެލުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު އޮންލައިން ނޫސް “މިހާރު”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ދޯނި އޮތް ސަރަހައްދުގައި އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. އަދި އެއިން އެއް އުޅަނދުން ޑްރޯނެއް ފޮނުވައިގެން ބެލުމަށްފަހު ދޯންޏާ ކައިރިކޮށް ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރަން ފެށި ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އެ ދޯންޏަށް އެރީ އިންޑިއާ ސިފައިންގެ 6 މީހުންނެވެ. ސެޓެލައިޓު ފޯނު ނަންބަރު ހޯދަން އުޅުމުން އެ ނަންބަރު ނުދިނުމުން އެމީހުން ދޯނި ހިފަހެއްޓީކަމަށާއި، އެ ނަންބަރު ނުދިނުމުން ފަޅުވެރިންނަށް ބިރުވެސް ދައްކާފައިވާކަމަށް ކެޔޮޅާ ހަވާލާދީ ނާޝިދު “މިހާރު”އަށް މައުލޫމާތުދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ