- Advertisement -ad image

ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގަ ދިވެހި ސިފައިން ދަނީ ހަރަކާތްތެރިވަމުން

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ ޙާއްޞަ އިޤްތިސާދީ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފިއެވެ.
އެމްޑީއެފުން ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ އުތުރުން ދިވެހިރާއްޖޭގެ ޙާއްޞަ އިޤްތިސާދީ ސަރަހައްދުގައި ކޯސްޓްގާޑް ޝިޕް ޝަހީދުއަލީ ދަނީ އެސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށެވެ.
އެމްޑީއެފުން މިކަން ހާމަކޮށްފައި މިވަނީ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސްދޯންޏަކަށް ހަތިޔާރާއެކު ބޭރުގެ ސިފައިންތަކެއް އަރާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު އޮންލައިން ނޫސް “މިހާރު”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ދޯނި އޮތް ސަރަހައްދުގައި އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. އަދި އެއިން އެއް އުޅަނދުން ޑްރޯނެއް ފޮނުވައިގެން ބެލުމަށްފަހު ދޯންޏާ ކައިރިކޮށް ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރަން ފެށި ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އެ ދޯންޏަށް އެރީ އިންޑިއާ ސިފައިންގެ 6 މީހުންނެވެ. ސެޓެލައިޓު ފޯނު ނަންބަރު ހޯދަން އުޅުމުން އެ ނަންބަރު ނުދިނުމުން އެމީހުން ދޯނި ހިފަހެއްޓީކަމަށާއި، އެ ނަންބަރު ނުދިނުމުން ފަޅުވެރިންނަށް ބިރުވެސް ދައްކާފައިވާކަމަށް ކެޔޮޅާ ހަވާލާދީ ނާޝިދު “މިހާރު”އަށް މައުލޫމާތުދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ