- Advertisement -ad image

މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ސިފައިން: ޑިފެންސް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިއްބާ ދިވެހި މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ސިފައިން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ބުދަ ދުވަހު މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ބޭރުގެ ސިފައިންތަކެއް އެރި މައްސަލައިގެ ތަފުސީލު ހާމަކުރައްވަމުން ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިންގ ޓީމަަކުން ކަން ކަށަވަރު ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އަރާ ސުވާލުކޮށް ހެދިއެވެ. ދޯނި ތަކަށް އެ ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ހުރިކަން އާއްމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.
މިކަމާއި ގުޅިގެން މިރޭ ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރު ކުރުމަށްފަހު، އެ ސަަރަހައްދުގައި އެހެން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ކޯސްޓްގާޑުގެ އުޅަނދެއް ކަމަށްވާ “ޝަހީދު އަލީ” ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް އަސްރުމާ-3 ދޯނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރި ކަމަށެވެ.
އަދި އެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ އެހެން ދެ ދޯންޏަށްވެސް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށްވެސް ޑިފެންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

“ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަދި ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ،”. ޑިފެންސްގެ ބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ