- Advertisement -ad image

އަނިޔާގެ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭގޮތް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް


ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީ ފޮނުވަން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް އެއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. ޕީޖީ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތައް އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެއޮފީހުގެ ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ. އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ. .

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުންކަން ފާހަގަކުރައްވާ ޕީޖީ އޮފީހުން ބުނީ، ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއްކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވީއެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުމުގައި މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންކަމަށާއި، މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުންކަމަށް ޕްރޮސެކއިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ހާމަކުރާ ގޮތުގައި ފަންނިއްޔާތުގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކޮށް، ފުޅާކުރުމުގައި އަބަދުވެސް، އެ އޮފީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ