- Advertisement -ad image

ޗައިނާ ސަރުކާރުންދޭ ސްކޮލަރޝިޕްގެ ކޯސްތައް ކުރިއަށްގެންދާނީ އިނގިރޭސި ބަހުން

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާ ސަރުކާރުން ދޭ 200 ސްކޯލަރޝިޕްގެ ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޯލަރޝިޕްގެ ފުރުޞަތު ދީފައެވެ. އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާރު ކުރިމަތިލުމަށް ހުޅުވާލާފައިވާ 200 މީހުންގެ ޖާގައިގެ ސްކޯލަރޝިޕަކީ މާސްޓަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމަށްހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
މި ސްކޯލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ހާމަކުރެއެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުމަށް ވުޒާރާއިން އެދިވަޑައިގަންނަވައެވެ. އޭގެ އިތުރުން ސްކޮލަރޝިޕާއި ކޯސްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން އެޕްލިކޭޝަން ހުށައަޅަންވީ ގޮތުގެ މަޢުލޫމާތު ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ، އެމްކިއުއޭއިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ