- Advertisement -ad image

ހައްޖު މޫސުމުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ޙައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ 30 ވަރަކަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް މިހާރު ވަކިއަދަދެއް ކަނޑައަޅާފައި ނުވަނީ އިތުރު ޙައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނާތީ އެހީތެރިންގެ ގޮތުގައި އިތުރު މީހުން ބޭނުންވާނެތީ ކަމަށް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ވިދާޅުވެފަ އެވެ.

ޙައްޖުގައި އެހީތެރިންގެ ގޮތުގައި ދާން ބޭނުންވާ މީހުން އެކަމަށް އެދި މިމަހުގެ 13 ވަނަދުވަހުގެ 14:00ގެ ކުރިން ހުށައަޅަންޖެހެއެވެ. މިކަމަށް އެދި ހުށައަޅާނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.

މި ފޯމް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިކަމަށް ކޯޕަރޭޝަނުން ހޯދަމުން އަންނަނީ އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހުންކަމަށް ވިދާޅުވެފައި ވެއެވެ.

އަދި މިމަޤާމަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ