- Advertisement -ad image

މާދަމާގެ ރިޔާސަތު 5 މެންބަރުންނާއި ހަވާލުކޮށްދެއްވުމަށް ތޯރިގު ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ގޮވާލައްވައިފި އެވެ.

ސަރުކާރު ކޯލިޝަނުން ހުސްވި ހަފްތާގައި ވަނީ މަޖިލީހުގެ ރައީސް އަސްލަމް އާއި ނައިބު ރައީސް ސަލީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފަ އެވެ. 

މި މައްސަލަ އާއި ގުޅޭ ނޯޓިސް މިއަދު މި ދެ ބޭފުޅުންނަށް ވެސް ފޮނުވާފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފަ އެވެ.

“އެކްސް”ގައި މެމްބަރު ތޯރިގު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށްޖެހިވަޑައިގަތް ފާހަގަކުރައްވާފަ އެވެ. 

“ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލާ އެއްޗަކަށް ނުހައްދަވާ.” ރިޔާސަތު މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ބަދަލުގައި ބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވުމަށް ގޮވާލެއްވުމަށްފަހު، ތޯރިގު ވިދާޅުވެފައި ވެއެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެންނެވެ.

އެގޮތުން އެ ބޭފުޅުން ކުރައްވާފައި ވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދަކީ 30 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ