- Advertisement -ad image

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބައިވެރި ނުވާނެ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިނުވާން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ ޤާނޫނީ ޒިންމާއެކެވެ. މިއަދު އިއްވަވާ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ޑިމޮކްރެޓްސްއިން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ މަޖިލީހުން ރުހުން ނުދިނުމަށް ނިންމާފައިވާ ވަޒީރުންތަކެއް ޖަލްސާގައި ބައިވެރިވާތީކަމަށެވެ. އަދި ޤާނޫނާއި ހިލާލު އަމަލެއްގެ އިތުރުން، މަޖިލީހުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ދެކޭކަމަށް ޑިމޮކްރަޓްސްއިން ބުނެއެވެ.

އެމްޑީޕީން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެންކަމަށެވެ. މީގެއިތުރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށްވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ބަޔާނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ