- Advertisement -ad image

ރައްކާކޮށްފައި ހުރި ބޭރު ފައިސާ ބޭނުންކޮށް ބިލިޔަނެއްހާ ރުފިޔާ ވަނީ ބަހާލާފައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފައިސާ އާއި މާލީ ކަންކަމާއި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ހިމެނޭ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު ކުރިން ހުރި މިންވަރަށް އިއާދަވިނަމަވެސް، ރާއްޖޭގެ ދަރަނި ކުޑަނުވީ ނިމިދިޔަ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔަސަތުތަކާއި ހިންގި އިސްރާފުތަކުގެ ސަބަބުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤުތިޞާދީ ގޮތުން ފަހި މަންޒަރެއް ފެންނަންއޮތްނަމަވެސް، ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން އާމްދަނީއާ ޚަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައިކަން އެމަނިކުފާނު ފާހަގަކުރެއެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވިކަމަށެވެ، ނަމަވެސް ހިނގަމުންދިޔަ އިސްރާފާއި، ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުން އިޤްތިޞާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު، މިއިން ޒަމާނަކު ޤައުމު ނުދަރާވަރަށް ދައުލަތް އޮތީ ދަރާފައެވެ. އަދި ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ