- Advertisement -ad image

ސިޔާސީ މަސައްކަތް ކުރަނީ ކާންބޯން ނުލިބިގެނެއްނޫން: ރޮޒައިނާ

ad image

ގުޅުންހުރި ލިޔުންތައް

ސިޔާސީ މަސައްކަތް ކުރަނީ ކުރާ ހިތުން ކަމަށާއި، ކާންބޯން ނުލިބިގެން ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ރައްދު ދެއްވައިފި އެވެ.

“އެކްސް”ގައި ރޮޒެއިނާ ކުރެއްވި ޕޯސްޓްގައި ވަނީ ހައްގު ބަސް ބުނުމަށް ގޮނޑިއެއް ބޭނުންނުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގައި ސާބިތުކަމާއެކު ހުރެ ބުނަންޖެހޭ އެއްޗެއް ދެންވެސް ބުނާނެކަމަށް ރޮޒެއިވާ ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ ރޮޒެއިނާ ވަނީ އޭނާއަށް ބަޔަކު ފުރައްސާރަކުރަމުންދާކަމަށް ވިދާޅުވެ، އޭގެންވެސް އެނގެނީ ރޮޒެއިނާދެކެ ޖެހިލުންވާ މިންވަރާއި، ހިތުގައި އޮތް ނަފްރަތާއި، ރުޅިވެރިކަމާއި، ހަސަދަވެރިކަން ކަމަށް ވިދާޅުވެފަ އެވެ. 

“އެކަމަކު ސިޔާސީ ހަޔާތުގައި އެއްވެސް މީހަކަށް ޒާތީގޮތުން އެއްޗެއް ބުނެފައެއް ނޯންނާނެ. ނުވެސް ބުނާނަން.” ޕޯސްޓްގައި ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

ދާދިފަހުން އެމްޑީޕީއިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވާފައިވާ ރޮޒެއިނާއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތވެވަޑައިގެންފަ އެވެ. 

މިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒައިނާ މި ފަހަރު ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. ނަމަވެސް އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރައްވާފައި ވަނީ އަހުމަދު ޝަރީފު އެވެ. އެ ދާއިރާގެ ޕްރައިމަރީއަށް ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޒާތީގޮތުން ކީއްކުރަން، އެއްވެސް ގޮތަކަށް މީހަކާ ދިމާއަށް އެއްޗެއް ބުނަން ކަލޭ ނުވެސް ދަންނާނެ. ތިޔަވަރުގެ ހަޔާތްކުޑަ އަންހެނެއް މި ދިވެހިރާއްޖޭގައި މަދުވާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ