- Advertisement -ad image

ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުގެ ފުރުސަތު ދެނީ

ad image

ގުޅުންހުރި ލިޔުންތައް

ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވަނީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން އެއްބަސްވިކަން ސައުދީގެ ހައްޖު ވުޒާރާއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާކަމަށް ވިދާޅުވެފަ އެވެ. 

“މި ފުރުޞަތުގައި ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.” މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

ހައްޖު ކޯޕަރޭޝަނުން ދާދިފަހުން ވަނީ މިއަހަރުގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އަދި އެހީތެރިންނަށް ދާ ފަރާތްތަކަށް ހައްޖުގެ މަތިވެރި އަޅުކަން ވެސް އަދާކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ