- Advertisement -ad image

ޒުވާނުން ރަށުގައި ތިބެ ކައިރި ރިސޯޓްތަކުން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޒުވާނުން ރަށުގައި ތިބެ ކައިރި ރިސޯޓްތަކުން ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ޖަވާބު” ސީރީސްގައި ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، މި ދައުރުގައި ތ.އަތޮޅަށް ޓޫރިޒަމް ފުޅާވެ ރިސޯޓްތައް އިތުރުވާނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވަނީ މި ދައުރުގައި ތ. އަތޮޅަށް އިތުރު ރިސޯޓު ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

“ވަރަށް ޔަގީން މިއަހަރުވެސް ފެށޭ ވަރުވާނެ. އަދި މި ފަސް އަހަރުގެ ތެރޭގައި ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސްދޭނަން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މި ވެރިކަމުގައި ޒުވާނުންގެ އިތުރުން އެކި އުމުރުފުރައިގެ ރައްޔިތުންނަށް ޓޫރިޒަމް ދާއިރާގައި އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތ އަތޮޅުގައި އެއާޕޯޓުތައް އިތުރުވެގެން ދިޔުމުން ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެއާއެކު ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ