Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ރައީސްގެ ރިޔާސީ ވައުދުތަކާއި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ޝާއިޢު ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވައުދުފުޅުތައް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެ ގޮތް ހަދައިފިއެވެ.

“ދިވެހީންގެރާއްޖެ” މި ޝިއާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވަނީ 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތް ކުރައްވާފައެވެ. ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާ މެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިޢުކުރައްވައި އާންމުކުރެއްވުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކީން ފާހަގަކޮށްފައި ވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ވަނީ ހިމަނާފަ އެވެ.

މިއީ، ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ޤައުމުގެ އެންމެ މަތީވެރިއަކު، ޤައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސްގެ ހުރިހާ ވާހަކަފުޅުތަކާއި ވައުދުފުޅުތައް https://presidency.gov.mv/drmuizzu2023/ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ މިފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ