- Advertisement -ad image

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން 4 ދުވަސް، މުއްދަތު އިތުރެއް ނުކުރާނަން: އީސީ

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ބާކީ އޮތީ 4 ދުވަސް ކަމަށާއި، ދެން މުއްދަތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ހުސެއިން ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާން ކުރިތާ 12 ދުވަސްވީ އިރު، އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ އެންމެ ހަތަރު ދުވަސް ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމެވެ. އެންމެ ފަހުން އީސީ އަށް ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ފޯމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ފޯމެވެ. މި ތިން ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލުލުކޮށްފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ 30ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ބުދަ ދުވަހުގެ 14:00އަށް ހަމަވާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައި އޮތީ މާޗު މަހުގެ 17ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ