- Advertisement -ad image

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުޙަންމަދު މުޢިއްޒު، ޗައިނާގެ ސްޕްރިންގ ފެސްޓިވަލާއި އާ އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު، އޮނަރަބަލް ލީ ކިއާންގއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ފޮނުއްވި މެސެޖުގައި، ޗައިނާގެ ރައީސާއި، ސަރުކާރަށާއި، ރަޙްމަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. މީގެ އިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމާއި އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ، ލީ ކިއާންގއަށް ފޮނުއްވި މެސެޖުގައި، އެމަނިކުފާނަށް ވަރަށް ހޫނު ތަހުނިޔާއެއް ފޮނުއްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

 މި ދެ މެސެޖު ނިންމަވާލައްވަމުން ރައީސް ޑރ. މުއިއްޒު ވަނީ ޗައިނާގެ ރައީސާއި، ބޮޑުވަޒީރާއި، ޗައިނާގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތާއި، އުފާވެރިކަމާއި، އަދި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.\

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds