Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނެ ކަމަށާއި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ޚިޠާބުގައެވެ.
ރައީސްގެ ހިތާބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު ފެންނަ ކަމަށް ވިދާޅުވެ އެކަމުގެ މިސާލުވެސް ދެއްކެވިއެވެ.
“ ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު “. ރައީސް ވިދާޅުވިއެވެ.
އަދި، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު ރައީސް އިލްތިމާސް ކުރެއްވީ ޤައުމަށް ތެދުވެރިވެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ދައުލަތަށް ވަފާތެރިވުމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޙަޤީޤަތުގައި ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ.
އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށާއި ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން “ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދުގެ ޙާދިސާއަކީ ދިވެހިންނަށް އެތައް ގޮތަކުން ފިލާވަޅުތަކާއި އިބުރަތް ލިބޭ ޙާދިސާއެއްކަމަށެވެ. 

ރައީސް ވިދާޅުވީ ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިކުރުވި މި ޙާދިސާގައިވެސް ފެނިގެންދިޔައީ، އަމިއްލަ އެދުމާއި ދިވެހީން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުންކަމަށެވެ. އަދި ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން މިހާދިސާއިން ފުރިހަމައަށް ފެންނަކަމަށެވެ. މި ހާދިސާއިން ފެންނަނީ ދިވެއްސެއްގެ އެދުމަށް ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށް، ނަމަވެސް އާޚިރުގައި އެއްވެސް ފައިދާއެއް އެމީހުންނަށް ނުލިބި މާތްﷲ ޙައްޤަށް ނަސްރު ދެއްވި މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިގޮތަށް ދިވެހި ޤައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ފަހަރެއްގައި، ދިވެހިންގެ ތެރެއިން ބަޠަލުންތަކެއް ނުކުމެ ކުރި ޖިހާދުގެ ހަނދާން އަބަދުމެ އާކުރަންޖެހޭކަމަށެވެ. މި ހާދިސާއިން ފެނުނީ އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، ޤައުމާމެދު އޮތް ލޯތްބާއި ހިތްވަރުފުޅު ގަދަކަމާއި ދަޢުލަތަށް ހުރި ވަފާތެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ބަޠަލު، އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ޙާސިލްކުރަން ޖެހޭކަމަށެވެ. އެގޮތުން ޒުވާންކަމުގެ އޮއިވަރުގައި ޖެހި ދީނާއި އަމިއްލަ ޤައުމު ފަހަނަ އަޅާ ނުދިއުމަށް މިހާދިސާއިން ނަސޭހަތްތެރިވާކަމަށް ވިދާޅުވިއެވެ. 

“އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަޤީޤަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަ ކަމަކާ އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން.” ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ