ރ. އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިާޅުވެއްޖެ އެވެ.
“ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިން އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސްގެ ވައުދުވެފައިވާ ކަމަށާއި އެހެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށްވާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށް، ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް، ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް އުނގޫފާރު ފަޅުތެރެއިން ހިއްކުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އިތުރު ތިން ހެކްޓަރުގެ ބިން އެރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
” އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން، ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭ،” ރައީސް ވިދާޅުވިއެވެ.
2021 ވަނަ އަހަރު އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރި ނަމަވެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަސްތެރޭގައެވެ.