- Advertisement -ad image

“ބެޓީ ކްރޮކާސް” ކޭކު ފުށް ޕެކެޓުގައި މައްސަލައެއް އުޅޭތީ ބޭނުންނުކުރަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

“ބެޓީ ކްރޮކާސް ސުޕަރ މޮއިސްޓް ކޭކް މިކްސް” އަދި “ޗޮކްލެޓް ފަޖް”ގައި ތަޢައްޔަރުވުމުގެ މައްސަލައެއް އުޅޭތީ، މި ދެ ބާވަތް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާންމުން ކުރި ޝަކުވާއަކާއި ގުޅިގެން ހެދި ޓެސްޓުތަކަކުން މި ބާވަތުގެ ކޭކު ފުށް ޕެކެޓުތައް ގަނޑުވެފައި ހުރުމާއި، އުކުނު ފަދަ ސޫފި އަޅާފައި ހުރިކަން ފާހަގަވެފައިވާ ކަަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން މއެ ތަކެއްޗަކީ ކެއުމަށް ރައްކާތެރި ބާވަތްތަކެއް ނޫންކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.

ތަޢައްޔަރުވެފައވާކަމަށް އެމްއެފްޑީއޭ އިން ބުނެފައިވާ ބާވަތްތަކަކީ:

ބެޓީ ކްރޮކާ ސުޕަރ މޮއިސްޓް ޗޮކްލެޓް ފަޖް، 432 ގްރާމް – ބްރޭންޑް ބެޓީ ކްރޮކާ (މުއްދަތު ހަަމަވަނީ: 18 މާރޗް 2024)

ބެޓީ ކްރޮކާ ސުޕަރ މޮއިސްޓް މިލްކް ޗޮކްލެޓްް، 432 ގްރާމް – ބްރޭންޑް ބެޓީ ކްރޮކާ (މުއްދަތު ހަަމަވަނީ: 13 އޭޕްރިލް 2024)

އެ އޮތޯރިޓީ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބާވަތްތައް ބޭނުންނުކުރުމަށާއި، ނުވިއްކުމަށް އިލްތިމާސް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ