- Advertisement -ad image

އިސްރާއީލުން ރަފާ ސިޓީއަށް އަރައިގަންނާނެ ކަމަށް ބުނެ އިންޒާރުދިނުން ރާއްޖެއިން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގައި އިސްރާއީލު ސިފައިން ހިންގަމުންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ އެތައް މިލިއަން ބައެއްގެ އެންމެ ފަހުގެ ހިޔާވަހިކަން ކަމުގައިވާ ޣައްޒާގެ ދެކުނުގެ ރަފާ ސިޓީއަށް ޙަމަލާއެއް ދޭން ފަށާނެކަމުގެ އިންޒާރު އިސްރާއީލު ސަރުކާރުން ދިނުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަލަސްޠީނުގެ ކުށެއްނެތް ފަލަސްޠީނަށް މަޖުބޫރުކޮށް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި ފަލަސްތީނު ރައްޔިޔުންނަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި، އިސްރާއީލު ސިފައިން އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކާ އެއްގޮތް ކަމެއް ކަމަށް ބުނެފަ އެވެ.

އަދި އިސްރާއީލު ސިފައިންގެ ޖަރީމާތައް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސްގެ 26 ޖެނުއަރީ 2024 ގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް ތަބާވުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރުކޮށް، އެއްވެސް ޖަރީމާއެއް ހިންގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފަ އެވެ.

ހަމައެހެންމެ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް މި ބަޔާނުގައި ގޮވާލާފައި ވެއެވެ.

“ދިވެހި ސަރުކާރާއި ރައްޔިތުން ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި” މި ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގައި މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ދައުލަތް ހިންގުމުގެ ޙައްޤުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދޭކަމަށް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ