test
- Advertisement -ad image

ޑޮލަރު ލިމިޓްކުރާކަށް ނޫޅެ، އެއަށްވުރެ ރަނގަޅު ގޮތެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް


ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިނުވާކަމުގެ ޔަގީންކަން ބެންކުން ދީފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިމިވަނީ ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ހަޤީގަތާއި ހިލާފު ހަބަރު ފަތުރަމުންދާތީ ނެރުނު ބަޔާނެއްގައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައިވާ ނުވާކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރުގެ ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް ސަރުކާރާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށްވެސް މި ބަޔާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެހެންކަމުން އިޤްތިޞާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ