- Advertisement -ad image

ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޯޓީޕީ ހޯދައިގެން މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ ފޭރިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ އަންގާރަ ދުވަހުވެސް ބަޔަކު ހޯދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީސް މީޑިޔާގައި ބުނިގޮތުން ބަޔަކު އަތުން މަަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ ހޯދާފައިވަނީ ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެންނެވެ. 

އެހެންނަމަވެސް ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މީގެކުރިންވެސް ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއާ ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެކި ކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފައިސާ ހޯދުމަށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއް ކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭ ކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ އަނބުރާ ދައްކާ ގޮތަށް ފައިސާ ހޯދުމާއި، ފްލެޓް ލިބޭނެކަމަށް އަދި އެޕާޓްމެންޓްތަކުގެ ކުލީގެ ގޮތުގައި މަކަރާއި ފައިސާ ނެގުމާއި، ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކް އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަ ކުރިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް މީގެކުރިންވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން މިއަދު ވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ، މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވުމަށް އެދިފަ އެވެ. އަދި

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ