- Advertisement -ad image

ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓު ހަރުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއެއްގައި ހަދާފައި ހުރި ހިޔާ ފްލެޓްތަކުގައި އިތުރު 32 ލިފްޓް ހަރުކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި، އެ ކޯޕަރޭޝަނުން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.
އެގޮތުން މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެ ކަމަށެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓަކާ އެކު ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.
މި މަޝްރޫއުގެ މަސައްކަތް މިހަރު ފެށިފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ވެސް އެޗްޑީސީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ